ޚަބަރު

އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

Ads by MWSC

އެޗްޑީސީން ވިދާޅުވީ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ "ވޯލްޑް ރިސައިކްލިންގ ޑޭ”އާ ގުޅުވައިގެން އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަ ފަހަރު ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ތަޢާރަފްކުރި ކެމްޕެއިނެއް ކަމަށެވެ.

އެގޮތުން ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 2:00އިން ފެށިގެން 26 މާރިޗު 2022 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަޙައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ މިކެމްޕެއިނުގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގައާއި ގޭތެރޭގައި ބޭނުންކުރެވޭ ފަދަ ތަކެތި ކަމަށެވެ.

މިފަދަ ތަކެތި ގެނައުމާއި ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އެފަރާތެއްގެ ޒިންމާއެއް ކަމަށާއި ކާބޯތަކެއްޗާއި ކުނިވާ ޒާތުގެ ތަކެތި ގެނައުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި  މިތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހިންގުމަކީ ވެސް މަނާކަމެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

Ads by HDC
  1. ބޭބެ

    ތަޅުލި ފަންޑުފޮށިހުޅުވަނީބާ؟ މިއޮށްހާދުވަހު .ތިޔަފޮށި ތަޅުލައިގެން އެއްޗެތިރާމާކުރަން ތިކުރީއަޅެފަހެ ކޮންކަމެއްތަ؟
    މެޑަމަމަކސް ކނޑަމަކަސް.ހެހެހެ