Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޝައިހް އިބްރާހިމް މެންކްގެ ދަރުސް ސިލްސިލާތަކެއް ރޯދަމަހު ކުރިއަށްގެންދަނީ

ޝައިހް އިބްރާހިމް މެންކްގެ ދަރުސް ސިލްސިލާތަކެއް ރޯދަމަހު ކުރިއަށްގެންދަނީ

ޝައިހް އިބްރާހިމް މެންކްގެ ދަރުސް ސިލްސިލާތަކެއް އަލްޢަސްރުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޒުވާނުންނާ ގުޅޭ ގޮތަށް އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ މި ދަރުސްތަށް ކުރިއަށް ދާނީ ރަމަޟާން މަހުގެ ފުރަތަމަ ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށް ފަހު ކަމަށް އަލް އަސްރުން ހާމަކުރެެއެވެ. މިދަރުސް ސިލްސިލާގެ މައުލޫއަކީ "ލިވިންގ ވިތު ޤުރްއާން" މިއެވެ.

"މިދަރުސްތަކުގައި ޤުރްޢާނާ ގުޅުން ހުރި މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ. މިއީ ޤުރްއާނުގެ މައްސަރުގައި އެނގެން މުހިންމު އެތައް މައުލޫމާތުތަކެއް ލިބިގެންދާނެ ދަރުސްތަކެއް." ޢަސްރުގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ "މިދަރުސްތައް ރާއްޖޭގެ ޓީވީތަކުންނާއި ރޭޑިއޯ އަދި އޮންލައިން މީޑިއާތަކަށް ވެސް ލައިވް ކުރުމުގެ ފުރުސަތު ހުޅުވައިލައިފައި ވާނެކަމަށާއި ވީހައި ވެސް ގިނަ ބަޔަކު މިދަރުސްތަކުން ފައިދާ ހޯދުމަށް އިލްތިމާސްކުރާ"ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޝައިޚް އިބްރާހިމް މެންކަކީ ސަޢުދީ އަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ.އަދި އެއީ ދިވެހިންނަށް ފަރިތަ މޫނެކެވެ.

ޝައިހް އިބްރާހިމް މެންކަކީ ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ޝައިހް އިބްރާހިމް މެންކް މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެގޮތުން ޢަސްރުން ވަނީ 2019ގައި "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" މި ނަމުގައި ޝައިޚް އިބްރާހިމް މެންކްގެ ދަރުސް ސިލްސިލާއެއް ބާއްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް