ޚަބަރު

ރައީސް ނަޝީދު އެކަހެރިކޮށްގެން ޕާޓީއަކަށް، ޤައުމަކަށް ލިބޭނެ މޮޅެއް ނެތް: އިންތި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބާކީކޮށްގެން، އެމްޑީޕީއަށް އަދި ދިވެހި ޤައުމަށް ލިބޭނެ މޮޅެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކެންޕެއިން ދަތުރުފުޅުގައި މިއަދު ބ. ކުޑަރިކިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންތި ވިދާޅުވީ، އެމްޑީޕީއަށް އޮތް އުންމީދަކީ ރައީސް ނަޝީދު ކަމަށާއި ރައީސް ނަޝީދު ފަދަ ދެވަނަ ބޭފުޅަކު ނެތް ކަމަށެވެ.

"ރައީސް ނަޝީދު މި ޕާޓީން އެކަހެރި ކުރުމަށް ޓަކައި ބަޔަކު އެ ކުރާ ކުރުމަކީ އެކަކު ވެސް ބަލައިގަންނާނެ ކަމެއް ނޫން. މި ޕާޓީގެ އެއްވެސް މެންބަރަކު އެދޭނެ ކަމެއް ނޫން. މި ޕާޓީއަށް ދެން ވެސް އޮތް އުންމީދަކީ، މި ޕާޓީ ހިންގެވުމުގައި އެހެރަ ހިތްވަރާއި، އެހެރަ އަޒުމާއި، އެހެރަ ވިސްނުންފުޅާއި ތަސައްވުރު އެއީ ދެވަނަ މީހަކަށް އަންނާނެ ކަހަލަ ހިތްވަރެއް ތަޞައްވަރެއް ނޫން" ރައީސް ނަޝީދު އެކަހެރިކޮށްގެން ލިބޭނެ މޮޅެއް ނެތް ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"ރައީސް ނަޝީދު ބޭރުކޮށް، އެކަހެރިކޮށް، މި ޕާޓީއަކަށް، މި ޤައުމަކަށް ވެސް ވާނެ މޮޅެއް ނޯންނާނެ"

އިންތި ވިދާޅުވީ، މިއަދު އެމްޑީޕީ ވަރަށް ބޮޑަށް ބައިބައި ވެފައިވާ ކަމަށާއި އެމަނިކުފާނުގެ އަޒުމަކީ ބައިބައިވެފައި އޮތް އެމްޑީޕީ އެކަތި ގަނޑަކަށް ހެދުން ކަމަށެވެ. އަދި އެމްޑީޕީ ތެރޭގައި ތިބި ބައެއް މީހުންނަކީ އެ ޕާޓީގެ ފިކުރާއި އެހެން ވިސްނުމެއް، އެހެން އެއްޗަކަށް ޕާޓީ ބަދަލުކުރަން ބޭނުންވާ ބައެއް ކަމަށާއި ޒާތީ އަމިއްލަ މަންފާއަށް މަސައްްކަތް ކުރާ ބަޔަކު ޕާޓީގައި ތިބި ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ.

"މި ޕާޓީއާމެދު މެންބަރުންގެ ތެރޭގައި ފޫހިކަމެއް އައިސް، އިތުބާރު ގެއްލެމުންދަނީ، ޙަޤީޤަތުގައި މި ޕާޓީގެ އަސްލުތަކާއި އުސޫލުތަކާ ދުރަށް ދާތަން ފެންނާތީ" އިންތި ވިދާޅުވީ، އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީ ކުރިއަރުވާނީ އެ މަނިކުފާނު ކަމަށެވެ.

14 މެއިގައި އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކޮށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަސައްކަތްޕުޅު ކުރައްވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ކަމަށް ދެކެވޭ ވާހަކަތަކަށް ފައްޔާޒް މިއަދު ވަނީ ރައްދު ދެއްވައިފައެވެ. މިގޮތުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދު ބޭރުކުރެވޭނެ މީހަކު ރާއްޖޭގައި ނެތް ކަމަށާއި  އެމަނިކުފާނު އެމްޑީޕީ ހިންގާލާނީ ރައީސް ނަޝީދާ ވެސް އެކުގައި ކަމަށެވެ.

Ads by Allied Insurance
  1. އަލީ އިބުރާހިމް

    އިންތި ތިއުޅޭގޮތުން ނަސީދުއަށް ފުރައްސާރަކޮއް މަލާމާއްކުރާމީހުން ހައްތަހާވެސްގިނަވާނީ އިންތިދެންމާވަރެއްވިއްޔަތިއަރުވާލަނީ ބައެއްފަހަރައް ހީވާ ކަހަލަ ނަސީދުއަކީ ކަލާންގެއޭވެސް މިހާރު އެއްމެނައްވެސްއެގޭ އެންޑީޕީ ތެރެޔަކު ނަސީދު އަކައްމާބޮޑުތާއީދެއްނެއްކަން