Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ސައުދީގެ ތެޔޮ މަރުކަޒަކަށް ހޫތީން ހަމަލާދީ ރޯކޮށްލައިފި

ސައުދީގެ ތެޔޮ މަރުކަޒަކަށް ހޫތީން ހަމަލާދީ ރޯކޮށްލައިފި

ސައުދީ އަރަބިއާގެ އަރަމްކޯގައި ހުންނަ ތެޔޮ މަރުކަޒަކަށް ޔަމަނުގެ ހޫތީން ހަމަލާދީ ތެޔޮ ރައްކާ ކުރުމަށް ހަދައިފައި ހުރި ދެ ޓޭންކެއްގައި އިއްޔެ ރޯކޮށްލައިފިއެވެ.

އަރަމްކޯގެ ތެޔޮ މަރުކަޒަކަށް ހަމަލާދީ ރޯކޮށްލީ ހޫތީން ކަމަށް އެ ޖަމާއަތުން ވަނީ އެއްބަސް ވެފައެވެ.

މި ހަމަލާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމަކަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

ތެޔޮ މަރުކަޒަށް ދިން މި ހަމަލާގެ ބައެއް ވީޑިއޯ ފުޓޭޖްތައް މިހާރު އާންމުވެފައިވާ އިރު، މަރުކަޒުގައި ރޯކޮށްލި އަލިފާންގަނޑު ޖިއްދާގެ މަތިން އަރައިގެންދާ މަންޒަރު ވެސް ފެންނަން ހުއްޓެވެ.

މިއީ ހޫތީން ދިން ހަމަލާއެއް ކަމަށް އެ ޖަމާއަތުން އެއްބަސްވި ކަމުގައި ވިޔަސް، މިކަމާ ގުޅިގެން ސައުދީ އަރަބިއާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތަކުން ބުނާ ގޮތުގައި ސައުދީގެ ތެޔޮ މަރުކަޒުތަކަށް އީރާނުން ވާގިވެރިވާ ހޫތީން މިފަދައިން ހަމަލާ ދެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެގޮތުން ހޫތީންގެ ތަރުޖަމާނު ޔަހުޔާ ސަރިއާ އިއްޔެ ވިދާޅުވީ އެ ޖަމާއަތުގެ ފަރާތުން ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން އަރަމްކޯގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. ސަރިއާ ވިދާޅުވީ ޖިއްދާގެ އިތުރަށް ސައުދީ އަރަބިޔާގެ ވެރި ރަށް، ރިޔާޒުގެ މުހިންމު މަރުކަޒުތަކަކަށް އަމާޒުކޮށް ވެސް ހަމަލާދީފައިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް