Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫން ރައީސަށް ހޫނު މަރުހަބާއެއް

އައްޑޫން ރައީސަށް ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު، އައްޑު ސިޓީއަށް މިއަދު ދަތުރު ކުރެއްވުމުން، އެ ސިޓީގެ ރައްޔިތުން އެދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންފައި މިވަނީ، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި އައްޑޫ ސިޓީގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވައިލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

Advertisement
Ooredoo — Square (box)

ރައީސް ޞާލިޙް ވަނީ އިއްޔެ ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގެންފައެވެ.

ދެކުނުގެ ދެ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައިލެއްވުމާއި ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހައި ވެސް ގާތުން މަސައްކަތްކުރެއްވުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނަވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް