ޚަބަރު ސިޔާސީ

ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮނޑި ވެސް ޕީޕީއެމްއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ބޭއްވި ތިން ބައި އިލެކްޝަންގެ ތެރެއިން ފ. ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮނޑި ވެސް އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކޮށްފިއެވެ.

Ads by STELCO

ނިލަންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑިއަށް ފަސް ކެނޑިޑޭޓަކު ވާދަކުރިއެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރި ތިން ކެނޑިޑޭޓަކާއި އެމްއެންޕީގެ ކެނޑިޑޭޓެއްގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެކެވެ.

ޕީޕީއެމްގެ ފަރާތުން ވާދަ ކުރި ރަނިއްޔާ ނަސީރު އެ ގޮނޑި ކާމިޔާބު ކުރީ 247 ވޯޓުންނެވެ.

މި އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަ ކުރި ޚަދީޖާ އަލީއަށް ލިބިފައި ވަނީ 223 ވޯޓެވެ.

އަމިއްލަ ގޮތުން ވާދަ ކުރި މުނީރާ އިބްރާހީމަށް 228 ވޯޓު، އާމިނަތު ޢަލީއަށް 151 ވޯޓު އަދި ޠާހިރާ އިސްމާޢީލްއަށް 85 ވޯޓު ލިބިފައިވެއެވެ.

މިއަދު ބޭއްވި އަންހެނުންގެ ކޮމެޓީގެ އިންތިހާބުގެ ތެރެއިން ދ.މީދޫ އިންތިހާބު ކާމިޔާބު ކުރީ އެމްޑީއޭގެ ކެނޑިޑޭޓެވެ. ދ.މީދޫ އިންތިޚާބުގައި ވާދަކުރީ ހަތަރު ކެނޑިޑޭޓުންނެވެ. މިއިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ވާދަކުރިއެވެ.

އެ އިންތިހާބު ކާމިޔާބުކުރި އެމްޑީއޭގެ ހުދުނާ ޢަބްދުލްޢަޒީޒަށް ލިބުނީ 353 ވޯޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!