Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖަޔަޝަންކަރުގެ ދިވެހި ޓްވީޓްތަކެއް: ވިދާޅުވީ ފާގަތި ދުވަހެއް ކަމަށް

ޖަޔަޝަންކަރުގެ ދިވެހި  ޓްވީޓްތަކެއް: ވިދާޅުވީ ފާގަތި ދުވަހެއް ކަމަށް

މިއީ ރާއްޖެ-އިންޑިއާ ތަރައްގީގެ އެއްބާރުލުމަށް "ފާގަތި" ދުވަހެއް ކަމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ދިވެހި ބަހުން ކުރެއްވި ޓްވީޓުތަކެއްގައެވެ. ޖަޔަޝަންކަރު ވިދާޅުވީ އައްޑޫ މަގުހެދުމުގެ މަޝްރޫޢު ފެށިފައިވާކަމީ ދެ ގައުމުގެ ތަރައްޤީގެ ގުޅުން އިތުރަށް ފާހަގަވާކަމެއް ކަމަށެވެ.

އަދި އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކޯސްޓަލް ރާޑަ ސިސްޓަމް ހަވާލުވުމުން ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވާނެ ކަމަށް ވެސް ޖަޔަޝަންކަރު ފާހަގަކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

"ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރިހެބިލިޓޭޝަން މަރުކަޒު ހުޅުވުމާއެކީ ދެ ގައުމުގެ ގުޅުމަށް ސީދާ އަލިއަޅުވާލާ. އިކޯ-ޓުއަރިޒަމް ޒޯންއަކީ ދެފަރާތުން ވެސް ތިމާވެއްޓަށް ދޭ އަހައްމިޔަތުކަމުގެ ދަލީލެއް." ދިވެހި ބަހުން ކުރެއްވި އިތުރު ޓްވީޓެއްގައި އޭނާ ވިދާޅުވިއެވެ.

https://twitter.com/DrSJaishankar/status/1507943143974801408

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ފަރާތުން މަރުޙަބާ ދެންނެވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތުން ވެދުމާއި ހެޔޮ އެދުމާއި އަރިސް ކުރާ ކަމަށެވެ.

ރައީސް ޞާލިޙުގެ މި ދައުރުގައި ، ގިނަގުނަ ނަތީޖާ ނެރެވިފައިވާ މި ދެ ޤައުމުގެ ޙާއްސަ ގުޅުމާ މެދު މަޝްވަރާކުރެވުނު ކަމަށް ވެސް ޖަޔަޝަންކަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް