Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިޙް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ރައީސް ޞާލިޙް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ޞާލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އޭއީއެޗަށް ޒިޔާރަތް ކުރެއްވުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ޞާލިޙެވެ.

އޭއީއެޗަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، އެ ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންނާ ވެސް ބައްދަލުކުރެއްވިއެވެ. އަދި މިހާރު އެ ހޮސްޕިޓަލުގައި ލިބެމުންދާ ހިދުމަތްތަކާއި، އިތުރަށް ތައާރަފް ކުރަންވީ ހިދުމަތްތަކާއި އަދި މިވަގުތު ހުރި ގޮންޖެހުންތައް އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވިއެވެ.

Advertisement
HDC — Sidebar (box)

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ވެރިން ފާހަގަކުރެއްވި ކަންކަން ވީހައި ވެސް އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން އެންމެ ދެކުނުގެ ދެއަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީގެ ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ކައުންސިލަރުން ވެސް ވަނީ އެ މައްސަލަތައް ހައްލުކޮށްދިނުން އަވަސް ކުރެއްވުމަށް ރައީސަށް ދަންނަވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް