Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އައްޑޫސިޓީ ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުން އިތުރު ކުރަނީ

އައްޑޫސިޓީ ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުން އިތުރު ކުރަނީ

އައްޑޫސިޓީ ހޮސްޕިޓަލުގައި ހުރި ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން އެ ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުން އިތުރު ކުރުމަށް ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަށް މިރޭ ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ދެއްވި ހާއްސަ މާހެފުން ފެށުމުގެ ކުރިން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ހުރި ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ހަފްތާގައި އެ ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުން އިތުރު ކުރެވޭނެ ކަމަށެވެ.

"އައްޑޫ ސިޓީގެ ހޮސްޕިޓަލްގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން މި ހަފްތާތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އިތުރު ކޮށްދެވޭނެ ، ހަމަ އެއާ އެކު އެމްބިއުލާންސްގެ ދަތިކަން ވެސް ހައްލުކުރެވިގެންދާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ސިޓީގެ ތަރައްޤީއަށް ޓަކައި އިތުރު ކަންތައްތަކެއް ކުރައްވާނެ ކަމަށް މިރޭ ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓްގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށާއި އައްޑޫ ސިޓީގެ ބިން ހިއްކުން ނިމިގެންދާއިރު ޓުއަރިޒަމް ތަރައްގީ ކުރުމަށް ފަސް ރަށް މިސަރަހައްދުގައި ހިއްކިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ދަތިކަން ހައްލު ކުރުމަށް ހެރެތެރެއާއި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި މީގެ އިތުރުން ވެސް އެއަރޕޯރޓް ، ކޮމާރޝަލް ސީޕޯރޓް އަދި ބިންހިއްކުމުން އިގްތިސާދީ އެތައް ފައިދާތަކެއް އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް