Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ބައެއް މަގުތައް ބަންދުކުރަނީ

ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ބައެއް މަގުތައް ބަންދުކުރަނީ

ފުލުހުންގެ 89ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް، މާލޭގެ ބައެއް މަގުތައް ބަންދު ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ބަންދުކުރަން ނިންމަވައިފައި ވަނީ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކެވެ. އެގޮތުން މިރޭ 10:30އިން ތިރީގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު އާންމު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

<img class="alignnone wp-image-147400 size-full" src="https://cdn.dhen.mv/wp-content/uploads/2022/03/large_164845574840Imce.jpg" alt="" width="1240" height="698" />

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ފުލުހުން ވިދާޅުވީ، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސް ކުރުމަށް ނިންމަވައިފައި ވާތީ، މިއަދު 16:00ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި، ޒޯންތައް ހުސް ކުރުމަށެވެ.

ފުލުހުންގެ 89ވަނަ އަހަރީ ދުވަހަކީ މާދަމާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް