Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕާކިން މައްސަލަ ހައްލު ކުރަން ސަރުކާރުން އެއްބާރުލުމެއް ނުދިން: މޭޔަރު

ޕާކިން މައްސަލަ ހައްލު ކުރަން ސަރުކާރުން އެއްބާރުލުމެއް ނުދިން: މޭޔަރު

ކިންގް ސަލްމާން މިސްކިތް ހުޅުވުމާ އެކު އެ ސަރަހައްދުގައި އުޅަނދުތައް ތޮއްޖެހޭނެ ކަމަށް ބެލެވޭތީ ޕާކް ކުރާނެ ތަނެއް ހެދުމަށް ސޯމިލް ބިން ހަވާލުކުރަން ސަރުކާރުގައި އެދުމުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތުގައި ފުރަތަމަ ފަހަރަށް ނަމާދު ކުރަން ފެށީ އިއްޔެގެ ހުކުރު ނަމާދުން ފެށިގެންނެވެ. އަދި އެ މިސްކިތަށް މާލެއާއި ހުޅުމާލެއިން ވެސް އެތައް ބަޔަކު ގޮސްފައިވެއެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ވަށައިގެންވާ ހުރިހައި މަގުތަކެއްގައި އުޅަނދުތައް ޕާކް ކުރުމުން އެ ސަރަހައްދުގެ މަގުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ގޮސްފައިވެއެވެ.

މާލޭގެ ގިނަ ރައްޔިތުން ތިބޭ ކޮމިއުނިޓީ ގްރޫޕަކަށް މިކަމާ ގުޅޭގޮތުން ޑރ. މުއިއްޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަލްމާން މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިއިރު އެ މަސައްކަތް އެއްކޮށް ނިންމަން ކަނޑައަޅައިފައި ވަނީ ޖުލައި 2019ގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ރަސްމީކޮށް މިސްކިތް ނުހުޅުވިޔަސް ނަމާދުކުރަން ފުރުސަތު ދިނުމަށް މިދިޔަ އަހަރުގެ މެއި މަހު ރައީސް ޞާލިޙަށް ދެންނެވި ކަމަށެވެ.

އަދި އެ ސަރަހައްދުގައި އުޅަނދުތައް ޕާކު ކުރުމުގެ ދަތިކަން ހައްލު ކުރުމަށް، ސޯމިލް ބިމުގައި ރޯދައިގެ ކުރިން ޕާކިން ސަރަހައްދެއް ހަދައި ނިންމުމަށް ޓަކައި އެ ބިން ކައުންސިލަށް ދިނުމަށް ސަރުކާރުގައި އެދުނު ނަމަވެސް އެ ފުރުސަތު ނުދިން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް