Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވައިލައިގެން މީހުންގެ އަތުން މުދާ ގަނެވިއްކާ މީހެއް ބަންދުކުރަން އަމުރުކޮށްފި

ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވައިލައިގެން މީހުންގެ އަތުން މުދާ ގަނެވިއްކާ މީހެއް ބަންދުކުރަން އަމުރުކޮށްފި

ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވައިލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކާ މީހެއް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ޒައިދާން މުހައްމަދު ހާޝިމް ކިޔާ މީހެކެވެ. އޭނާ ބަންދުކޮށްފައި ވަނީ 15 ދުވަހަށެވެ.

އެނގިފައިވާ ގޮތުގައި ޒައިދާނުގެ މިފަދަ އެހެން މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭނާއަކީ ކުށުގެ ރިކޯޑު ވެސް އޮތް މީހެކެވެ.

Advertisement
Allied — Dhen Online (box)

ޒައިދާން ބަންދުކުރަން ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި އޭނާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ ރަސީދުތަކާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކާއި އޮޅުވައިލައިގެން މުދާ ހޯދުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ބޭންކް ސްލިޕްތަކާއި ކޯޓޭޝަނާއި އަދި އިންވޮއިސްތައް ވެސް ހިމެނެއެވެ.

މަކަރާއި ހީލަތުން ޒައިދާން ވަނީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ހާޑްވެއާރ ފިހާރައަކުން ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތްކޮށްފައެވެ. އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައްޔާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް