Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު ބަޔަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނުގެ ދެ ރައްޔިތުން ކަމަށްވާ އަޙްމަދު ޢަލީ (32އ)އާއި މޮއިމިނާ ޤުލްފާމް (20އ) ކަމަށެވެ.

މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާ އެކު ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މި ދިޔަ މާރިޗް މަހުގެ 25 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

Advertisement
HDC — Sidebar (box)

މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވިގެން އެެމީހުން ބަލައި ފާސް ކުރުމުން މަސްތުވާތަކެތި ފެނިފައި ވަނީ، އެމީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރިއިރު އެ ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް