ދުނިޔެ

ވަޒީރުން އިސްތިއުފާ ދިނުމުން ލަންކާގެ މުޒާހަރާތައް އިތުރަށް ވަރުގަދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހުރިހައި މެންބަރުން އިސްތިއުފާ ދިން ނަމަވެސް އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާ މެދު ރުޅިގަދަވެފައިވާ އާންމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަކޮށްފިއެވެ.

Ads by Sosun Fihaara

ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުން ދާތީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ވަނީ ކުއްލި ހާލަތު އިއުލާން ކުރައްވައިފައެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ތެލުގެ އިމްޕޯޓަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ބޭރު ފައިސާ މަދުވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ދުވާލަކު އެތައް ފަހަރަކު ކަރަންޓް ކެނޑުމާއި، ކާބޯތަކެއްޗާއި ބޭސް އަދި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަަށް ބޮޑުވެފައެވެ.

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވައި ކާފިއު ތަންފީޒު ކުރެއްވި ނަމަވެސް އާންމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުން ވަނީ އިސްތިޢުފާދީފައެވެ. ނަމަވެސް ގޮތަބަޔާގެ އިސްތިޢުފާއަށް ގޮވައިލައި ކުރަމުންދާ މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!