ޚަބަރު ރައްޔިތުންގެ މަޖިލިސް

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ސިޔާސަތު އޮތް ގޮތެއް ސާފުކުރުމަށް ހޯމް މިނިސްޓަރ އިމްރާނާ ސުވާލު ކުރެއްވުމަށް މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by MWSC

މި މައްސަލަ ހުށަހަޅައިފައި ވަނީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤުއެވެ.

ތޯރިޤް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް، ހޯމް މިނިސްޓަރ އިމްރާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި އެޖެންޑާ ކުރައްވާނެކަމަށް އެދިލައްވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.

ތޯރިގު ހުށަހެޅުއްވި ނޯޓިސްގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޙުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ހުރައިހާ އިޖުރާޢަތްތަކެއް ފުރިހަމަވާ ޤައިދީންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރައްވައިފައެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކުގެ ޙުކުމް މިސަރުކާރުން ތަންފީޒު ކުރާނެތޯ ވެސް ތޯރިގް ވަނީ ސުވާލުކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!