Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަފީރުކަމުގެ މަގާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށް ޓަކައި: ވިސާމް

ސަފީރުކަމުގެ މަގާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށް ޓަކައި: ވިސާމް

ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށް ޓަކައި ކަމަށް ދާދި ފަހުން އެ މަގާމުން އިސްތިއުފާ ދެއްވި ވިސާމް އަލީ ވިދާޅުވެއްޖެއެވެ.

ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވިކަން ހާމަވީ އޭނާ އެ މަގާމުގައި ހުންނަވައި ކޮށްދެއްވައިފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓުންނެވެ. ވިސާމް އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފައިވީ ނަމަވެސް  އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ވިސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސަފީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށް ޓަކައި ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި މިއަދުގެ ސަރުކާރުން ތަރައްގީއަށް ޓަކައި ކުރަމުން އަންނަ ކަންކަމަށް ތައުރީފު ހައްގު ކަމަށް ވިދާޅުވެ، އެކަމަށް ޓަކައި ވިސާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު ދަންނަވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް