ސާރާއާއި އިބްރާހިމް، މައިންބަފައިންނާ މާ ބޮޑަށް ވައްތަރުވުމުން ސާރާ ވެސް ހައިރާންވޭ
ބޮލީވުޑް އެކްޓަރު ސައިފް އަލީ ހާންގެ އެންމެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ ސާރާ އަލީ ހާން އަދި އިބްރާހީމް އަލީ ހާންގެ "މީމްސް" ދޭތެރެދޭތެރެއިން އިންޓަނެޓުގައި ދައުރުވެއެވެ. ސާރާ، އޭނާގެ މަންމަ އަމްރިތާ ސިންގްއާއި އިބްރާހިމް، ސައިފްއާ މާ ބޮޑަށް ވައްތަރުވުމުން އެކި ގޮތްގޮތަށް މި ވާހަކަ ސޯޝަލް މީޑިއާގައި ދައްކައެވެ.
މިކަމާ ގުޅޭގޮތުން ސާރާއާ ސުވާލު ކުރެވުނެވެ. ސާރާ ބުނީ މިކަމާ އޭނާ ވެސް ހައިރާންވާ ކަމަށެވެ.
"އަހަރުމެން ހަމަ އައިޑެންޓިކަލް. ހުރިހާ ހަރަކާތެއް ވައްތަރު ނުވިޔަސް މިހައި ބޮޑަށް ވައްތަރުވުމީ އާދައިގެ ކަމެއް ނޫން" ސާރާ ބުންޏެވެ.
ސާރާ ބުނީ މޫނުމަތިން ކިތަންމެ ވައްތަރުވިޔަސް އާދަތަކުން ސާރާއަކީ އޭނާގެ ބައްޕަގެ ސިފަތައް ލިބިފައިވާ މީހެއްކަމަށެވެ. އަދި އިބްރާހިމްގެ ވަރަށް ގިނަ ސިފަތައް އޭނާގެ މަންމައާ އެއްގޮތްކަމަށް ވެސް ބުންޏެވެ. ސާރާ ބުނީ މިވާހަކަ އަކީ ގޭތެރޭގައި ވެސް އާންމުކޮށް ދެކެވޭ ވާހަކައެއް ކަމަށެވެ.
ސާރާ އުފަންވީ 1995ވަނަ އަހަރުއެވެ. އަނެއްކޮޅުން އިބްރާހިމް އުފަންވީ 2001ވަނަ އަހަރެވެ. އަމްރިތާއާއި ސައިފްގެ ކައިވެނި ރޫޅި ސައިފް މިހާރު އުޅެނީ ބަތަލާ ކަރީނާ ކަޕޫރާ ކައިވެނި ކޮށްގެންނެވެ. އެކައިވެންޏަށް ވެސް މިހާރު ދެކުދިން ތިބެއެވެ.
ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ސާރާގެ އެންމެ ފަހުން ރިލީޒްވީ "އަތުރަންގީ ރޭ"އެވެ. މިފިލްމުގައި ސާރާ ކުޅުނު ރޯލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. އޭނާގެ އިތުރު ދެ ފިލްމެއް ވެސް ކުރިއަށް ރޭވިފައި އެބަ އޮތެވެ.
އުމުރުން 21 އަހަރުގެ އިބްރާހީމް ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނިކުންނާނެކަމަށް އޮތީ ބެލެވިފައެވެ. އެހެން ނަމަވެސް އޭނާ މަތީ ތައުލީމު ހާސިލްކުރަން އިތުރު ދެތިން އަހަރު ހޭދަވާނެއެވެ. އިބްރާހީމް ތައުލީމު ހާސިލް ކުރަމުންދަނީ އެމެރިކާގައެވެ.
އެ ދެކުދިންގެ ވެސް ނަމުގެ ފަހަތަށް އަންނަނީ ކާފަގެ ނަން.