ދުނިޔެ ޔޫރަޕް

ބުރުގާ އަޅާ މުސްލިމުން ޖޫރިމަނާކުރާނަން: ފްރާންސްގެ ރިޔާސީ ކެނޑިޑޭޓް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މަގުތަކާއި އާންމު ތަންތަނުގައި ބުރުގާ އަޅާ މުސްލިމުން ޖޫރިމަނާ ކުރާނެކަމަށް ފްރާންސްގެ އިދިކޮޅު އެންމެ ވަރުގަދަ ރިޔާސީ ކެނޑިޑޭޓް މަރިން ލުޕެން ބުނެފިއެވެ.

Ads by Sosun Fihaara

މާދަމާ އޮންނަ ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ނެގުމުގެ ކުރީން ބޭއްވި ފަހު ރެލީގައި ލުޕެން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ އޭނާ ވެރިކަމަށް ހޮވިއްޖެ ނަމަ ބުރުގާ އަޅާ މުސްލިމުންނަށް އަދަބު ދޭނެ ކަމަށެވެ. އެ ގޮތުން ސީޓް ބެލްޓް ނާޅާ މީހުން ހުއްޓުވައި ފުލުހުން ، އެ މީހުން ޖޫރިމަނާކުރާހެން ބުރުގާ އަޅާ މީހުން ވެސް ޖޫރިމަނާ ކުރާނެ ކަމަށް ލުޕިން ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ އޭނާގެ ވެރިކަމެއްގައި އާންމު ތަންތަނުގައި ބުރުގާ އެޅުން މަނާ ކުރާނެ ކަމަށާއި މިފަދަ ކަންކަމަށް ހުރި ގާނޫނީ ގޮންޖެހުންތައް ވެސް ހުރަސްކުރާނެ ކަމަށެވެ.

މި މަހުގެ 24ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ރައީސް އެމެނުއަލް މެކްރޮންއާ އެންމެ ވާދަކުރާނެކަމަށް ބެލެވޭ ކެނޑިޑޭޓަކީ، 2017ގައި ވެސް އޭނާއާ އެންމެ ވާދަކުރި މަރިން ލުޕެންކަމަށް ފްރާންސްގެ ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކައެވެ. ނަމަވެސް އެ ވޯޓްތަކުން ދައްކާ ގޮތުގައި މި އިންތިޚާބު ކާމިޔާބުކޮށް ރައީސް މެކްރޮން ދެވަނަ ދައުރެއް ޔަގީންކުރާނެއެވެ.

Ads by Ooredoo
  1. ބޭބެ

    ތިގޮތަށް ގަދަހެދި ފިރުޢަވްނުވެސް އެކަމަކު ކޮންބާރެެއް އޮތީ؟
    ކަލެއަށް ކޮންބާރެއްދެއްކޭނީ ވަކި ﷲ އަށްވުރެބާރުގަދައީތަ؟

  2. ނަސީރު

    ޔާﷲ މިއިންތިޚާބުން ބޮޑުތަނުން މީނާ ބަލިކުރައްވަވާ

    އެގައުގެ ރައްޔިތުންގެ ހިތްތަކުގައި މީނަގެ މައްޗަށް

    ދާއިމަށް ރުޅިވެރިކަމާއި ނަފުރަތު އުފައްދަވާނދޭވެ. އަދި

    މީނަޔަށް ބަލިމަޑުކަމެއް މަތިކުރައްވާނދޭވެ.

    އާމީން ޔާރައްބުލްއާލަމީން އާމީން.

  3. ސާލިހު

    އިރާދަކުރެއްވިއްޔާ މާތް ރަސްކަލާނގެ އެންޖެވުން ތަކަށް ގޮންޖަހާ ހަޖޫޖަހާ މީހުންނަށް ކާމިޔާބު ނުވާނެ އެއީ މިގައުމު ކަމުގައިވިއަސް. މިމީހުން މިކިޔާ އިންސާނީ ހައްގުތައް ކޮބާބާ ދެން އެހެންވިއްޔާ ފައްޅިތަކުގރ ނަންސްވެސް ބޯ ނިވާ ނުކުރެވޭނެތާ؟

  4. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ . .. އެ އަންހެނާއަށް ބަލި މަޑުކަމެއް ފާ ކުރައްވާށި