Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަނެއްކާ ވެސް ފޭކް ސްލިޕެއް ފޮނުވި މައްސަލައެއް: މި ފަހަރު ހޯދީ އައިފޯން 11އެއް

އަނެއްކާ ވެސް ފޭކް ސްލިޕެއް ފޮނުވި މައްސަލައެއް: މި ފަހަރު ހޯދީ އައިފޯން 11އެއް

ފޭކް ސްލިޕެއް ފޮނުވައިގެން އައިފޯން 11އެއް ހޯދި މީހަކު 10 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ މާރިޗް މަހު، އެމީހާ ފޭކް ސްލިޕެއް ފޮނުވައިފައި ވަނީ، ރާއްޖެއަށް ފޯނު ގެނެސް ވިއްކާ ފަރާތަކަށެވެ. އެގޮތުން އައިފޯން 11އެއް ގަތުމަށް އޭނާއަށް 13،500 ރުފިޔާ ފޮނުވިކަމަށް ދައްކައި، އޭނާ ވަނީ ފޭކް ސްލިޕެއް ފޮނުވައިފައެވެ.

މި މައްސަލަައިގައި އެމީހާގެ މައްޗަށް ދައުލަތުންކޮށްފައި ވަނީ ސައްހަ ނޫން ލިޔުމުގެ ތެދުުކަން ދެއްކުމުގެ ދައުވާއާއި އެހެން މީހެއްްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.

Advertisement
HDC — Sidebar (box)

އެ ދެ ދައުވާއަށް އެމީހާ ވަނީ އެއްބަސްވެފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމް ކުރީ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގައި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް