Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލެއާ ގުޅޭ ގޮތުން ވެވަޑައިގަތް ވައުދު ރައީސް ނުފުއްދަވާ: ޑރ. މުއިއްޒު

ހުޅުމާލެއާ ގުޅޭ ގޮތުން ވެވަޑައިގަތް ވައުދު ރައީސް ނުފުއްދަވާ: ޑރ. މުއިއްޒު

މާލެ ސިޓީ ކައުންސިލުގެ އިހްތިޞާސްގެ ތެރެއަށް ހުޅުމާލެ ގެނައުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގަތް ވައުދެެއް ކަމަށާއި ނަމަވެސް އެ ވައުދު ނުފުއްދަވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިނުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯކޮޅެއް ޑރ. މުއިއްޒު މިއަދު ވަނީ ޓްވީޓު ކުރައްވައިފައެވެ.

އޭގައި ރައީސް އެއިރު ވިދާޅުވެފައިވަނީ ހުޅުމާލެ އެޗްޑީސީގެ ދަށުން ނެގުމަށްފަހު އެ އަވަށުގެ މުނިސިޕަލް ޚިދުމަތާއި އިދާރީ އެހެނިހެން ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން އެކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

އެ ވީޑިއޯ ޓްވީޓު ކުރައްވަމުން ޑރ. މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލް ހޮވޭ ހިސާބުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި އިދާރީކަންކަން އޭރެއްގެ ކައުންސިލަކާ ހަވާލު ކުރައްވާނެ ކަމަށް އޭރު ރައީސް ވިދާޅުވި ނަމަވެސް މިހާރު އެކަން ނުކުރައްވަން އުޅުއްވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

މީގެ އިތުރުން، އެ ވައުދު ރައީސް ހަނދުމަފުޅު ނެތީތޯއާއި ނުވަތަ ސަރުކާރު ނުރުހޭ ބަޔަކު، ރައްޔިތުންގެ ވޯޓާއެކު ކައުންސިލަށް އިންތިހާބުވުމުން ގަސްދުގައި ހުރަސް އަޅަނީތޯ ވެސް ޑރ. މުއިއްޒު ސުވާލު ކުރައްވައިފައިވެއެވެ. އަދި މި ކަމަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް