Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަނެއްކާ ވެސް 60 ދޫނި ހިފަހައްޓައިފި

އަނެއްކާ ވެސް 60 ދޫނި ހިފަހައްޓައިފި

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ކުރި 60 އެފްރިކަން ގްރޭ ހިފަހައްޓައިފިއެވެ.

ނަން ހާމަ ނުކުރުމަށް އެދި “ދެން”އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ދޫނިތައް ހިފަހައްޓައިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ ދޫނިތަކަށް ހަދާނެ ގޮތެއް އަދި ނިންމައިފައި ނުވާ ކަމަށާއި “އޮޕްޝަންއަކަށް އޮންނާނީ މަރައިލުން” ކަމަށް އޭނާ ބުންޏެވެ.

 

Advertisement
Ooredoo — Square (box)

“އިއްޔެ ހިފެހެއްޓީ 60 ދޫނި. އެއީ އެފްރިކަން ގްރޭ. އެފްރިކަން ގްރޭއަކީ އެތެރެކުރުން މަނާ އެއްޗެއް. އެ ދޫނިތަކަށް ހަދާނެ ގޮތެއް އަދި ނުނިންމައި. މަރައިލުންން އޮޕްޝަންއަކަށް އޮންނާނީ” އޭނާ ކިޔައިދިނެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި ދޫނިތަކެއް ވަނީ ހިފަހައްޓައިފައެވެ. އެ ދޫނިތައް ހިފެހެއްޓުމަށް ފަހު ފިޝަރީޒް މިނިސްޓްރީން ވަނީ އެ ދޫނިތައް މަރައިލައިފައެވެ.

ދޫނިތައް މެރުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީއާއި ބަންޑާރަނައިބުގެ އޮފީހާ ދެމެދު ވަނީ ދެބަސްވުންތަކެއް ވެސް ކުރިމަތިވެފައެވެ. އެގޮތުން ދޫނިތައް ނައްތައިލާން ފިޝަރީޒް މިނިސްޓްރީއަށް އަމުރުކުރީ ބަންޑާރަނައިބު ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެކަން ބަންޑާރަނައިބުގެ އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް