Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފިލައިގެން އުޅުނު ޕާކިސްތާން މީހާ ހައްޔަރުކޮށްފި

ފިލައިގެން އުޅުނު ޕާކިސްތާން މީހާ ހައްޔަރުކޮށްފި

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓްގައި ބަނގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ފިލައިގެން އުޅުނު ޕާކިސްތާން މީހާ ހޯދައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށް ތަހުގީގު ފަށައިފައިވާ ކަމަށެވެ.

އާބިދުގެ ހަމަލައިގައި ޒަޚަމްވި ބަނގްލަދޭޝް މީހާ ވަނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައެވެ. ބަނގްލަދޭޝް މީހާއަށް ހަމަލަދީފައި އޮތް ވީޑިއޯއެއް ވެސް މިހާރު މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ ކަރަށް ވަނީ ފުން ޒަޚަމްތަކެއް ލިބިފައެވެ. އަދި އޭނާއަށް ފަރުވާ ދެވޭތޯ ރެސްޓޯރެންޓްގެ މުވައްޒަފުން މަސައްކަތް ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

Advertisement
Ooredoo — Square (box)

އާބިދު ހޯދުމަށް ފުލުހުންކުރި އާންމު އިއުލާންގައި ވިދާޅުވީ ހޯދަމުން ދިޔަ އާބިދަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށާއި އޭނާގެ މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހަށް އެކަން ރިޕޯޓްކުރުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާބިދަކީ ރުޅިގަދަ މިޒާޖެއްގެ މީހެކެވެ. އަދި ކުރީން ވެސް އޭނާއާއި މަރުވި ބަނގްލަދޭޝް މީހާއާ ދެމެދު އަރައިރުން ހިނގައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް