މާސްކު ނަގައިގެން މަގުމަތީ ސިނގިރޭޓް ބޯކަށް ނުތިބެވޭނެ: ޑރ. ނަޒްލާ

މާސްކު ނަގައިގެން ނުވަތަ ތިރިކޮށްގެން މަގުމަތީ ދުންފަތުގެ އިސްތިއުމާލުކުރަން ތިބުމަކީ މަނާކަމެއްކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންހެެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާސްކު އަޅައިގެން މަގުމަތީ އުޅެންޖެހޭނަމަ، އޭގެ މަނާ އަކީ މަގުމަތީ މާސްކު ތިރިކޮށްގެން ސިނގިރޭޓު ބޯން ނުތިބެވޭނެ ކަމަށެވެ.
"މަގުމަތީ މާސްކު އަޅައިގެން އުޅެންޖޭކަމަށް ވަންޏާ އޮޓެމެޓިކަލީ އޭގެ މާނައަކީ މަގުމަތީގައި ސިނގިރޭޓް ބޯކޮށް ނުތިބެވޭނެއޭމާސްކު ތިރިކޮށްގެން." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކަށް ވަންނައިރު ވެސް މާސްކު އަޅަން ޖެހޭނެ ކަމަށާއި އެފަދަ ތަންތަނުގައި އިށީނދެ ތިބެންޖެހޭނީ ގައިދުރު ކޮށްގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ފުރަންބަދުގައި އޮތުމަށްފަހު ދިން ލުއިތަކާއި އެކު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އާއްމު ތަންތަނަށް ނުކުންނައިރު މާސްކު އެޅުން މިއަދުން ފެށިގެން ވަނީ މަޖްބޫރުކޮށްފައެވ. އަދި މާސްކު ނަޅާ ފަރާތައް 1000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ފަށާފައެވެ.