Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

130 ކިލޯގެ ޑްރަގް މައްސަލަ: ބަންދުން ދޫކޮށްލި ދެމީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި

130 ކިލޯގެ ޑްރަގް މައްސަލަ: ބަންދުން ދޫކޮށްލި ދެމީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދަށު ކޯޓުން ދޫކޮށްލި އިސް ދެމީހުން އަލުން ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މީހުން ބަންދުން ދޫކޮށްލައިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެގޮތުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފައި ވަނީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު މީހާކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާއެވެ.

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ދެމީހުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކުރާކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ދެމި އޮތްކަމަށް ކަނޑައެޅުމުން އެ ދެމީހުން ޖަލަށް ބަދަލު ކުރެވިގެންދާނެއެވެ.

Advertisement
Ooredoo — Truecaller (box)

މިދެމީހުން ޖަލަށް ބަދަލު ކުރުމަށް ހުކުމް ކުރީ ހައިކޯޓުގައި މިމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ އެކު ހިންގި ޚާއްސަ އޮޕަރޭޝަންގައި 130 ކިލޯގެ މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ހުޅުމާލޭ ފަޅުތެެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރައްކާކޮށްފައި ހުއްޓައެވެ. މިތަކެތި އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް