Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަމާގުޅޭ އޮޕަރޭޝަނެއް ކޯސްޓްގާޑުން ފަށައިިފި

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަމާގުޅޭ އޮޕަރޭޝަނެއް ކޯސްޓްގާޑުން ފަށައިިފި

ފިޠުރު ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެޕްރީލް 28އިން 30އަށް އަދި މެއި 6އިން 7ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement
Ooredoo — Square (box)

އެމްއެންޑީއެފުން ވިދާޅުވީ މި ޕްރޮގްރާމް ރޭ މާލޭގެ ބަނދަރު ސަރަހައްދުގައި ފަށައިފައިވާ ކަމަށާއި މި ހަރަކާތް ކުރިއަށް ގެންދާ އެކި ވަގުތުތަކުގައި މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް