Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނަޝީދަކީ އެތައް ފަހަރަކު ފެއިލް ވެފައިވާ މީހެއް: ޝިޔާމް

ނަޝީދަކީ އެތައް ފަހަރަކު ފެއިލް ވެފައިވާ މީހެއް: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެތައް ފަހަރަކު ފެއިލްވެފައިވާ ބޭފުޅެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫސްޗެނަލަކަށް ރައީސް ނަޝީދު ދެއްވި ބަސްދީގަތުމަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އެތައް ފުރުސަތެއް ލިބުނު ކަމަށާއި އެ ފުރުސަތުތަކުގައި އެ މަނިކުފާނު ފެއިލް ވެފައިވާކަން ޚުދު އިންޑިއާއަށް ވެސް އެނގޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު މި ވަގުތު އިންޑިއާގައި ހުރެގެން ކުރަށްވަމުންދާ މަސައްކަތްތަކުގެ އަސްލު މަގުސަދަކީ އެ މަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ އެޖެންޑާއެއްގެ ބޭނުމުގައި އިންޑިއާގެ ހިތްރުއްސުން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްވި އެ ބަސްދީގަތުމުގައި ރާއްޖެއިން އަބަދުވެސް ހިފަހައްޓާނެކަމަށް ވިދާޅުވެފައިވާ "އިންޑިއާ ފަރސްޓް" ސިޔާސަތު ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އެ ސިޔާސަތަކީ ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފެއްޓެވި ސިޔާސަތެއް ކަމަށާއި ނަމަވެސް ރައީސް ޔާމިން މިހާރު ހުންނެވީ ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާގެ ނުފޫޒު ގަދަވެ ދިއުމާއި އެ ގައުމުގެ ސިފައިން ތިބުމާ ދެކޮޅަށް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އިންޑިއާއަށް ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ދުވަހަކު ވެސް އިންޑިއާ ބޭރުކުރުމަށް ހިންގާ މިފަދަ ކެމްޕެއިންއަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް