Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަދާލަތަށް 10،000 ހަމަކޮށް ދިނީ އީސީ މެންބަރުން ރިޝްވަތު ނަގައިގެންކަމަށް ތުހުމަތުކޮށްފި

އަދާލަތަށް 10،000 ހަމަކޮށް ދިނީ އީސީ މެންބަރުން ރިޝްވަތު ނަގައިގެންކަމަށް ތުހުމަތުކޮށްފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 10،000 މެންބަރުން ހަމަކޮށްދީފައި ވަނީ އިލެކްޝަން ކޮމިޝަންގެ މެންބަރުން ރިޝްވަތު ނަންގަވައިގެން ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރުކުމާ މިހެން ވިދާޅުވެފައި ވަނީ، ޕީޕީއެމްއަށް ސޮއިކޮށްފައިވާ 13 މެމްބަރުންގެ އާއިލާއެެއް އެހެން ބައެއްްގެ ބޮޑުވާ އިގިލީގެ ނިޝާން ބޭނުންކޮށްގެން އަދާލަތު ޕާޓީއަށް ވައްދައިފައިވާކަމަށް އެ އާއިލާއިން ބުނެފައިވާ ޚަބަރު ޓްވީޓް ކުރެއްވުމަށް ފަހުއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އަދާލަތު ޕާޓީން ވަނީ، އެ ޕާޓީއަށް މީހުން އިތުރު ކުރުމަށް ހަރަކާތެއް ހިންގައިފައެވެ. ދައުލަތުން ފައިސާ ދެނީ ޕާޓީގައި 10،000 މެންބަރުން ހަމަވާ ޕާޓީ ތަކަށެވެ.

Advertisement
Ooredoo — Truecaller (box)

މީގެ ކުރިން ޕީޕީއެމްގެ މެންބަރުން އެމްޑީޕީއަށާއި އެމްއެންޕީއަށް ވެއްދި ކަމަށް ބުނެ އީސީއަށް މައްސަލަ ހުށަހަޅައިފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް