Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޭޑޭގެ ހިނގާލުމަށް ފުރުސަތު ނުދޭނެކަމަށް އަންގައިފި

މޭޑޭގެ ހިނގާލުމަށް ފުރުސަތު ނުދޭނެކަމަށް އަންގައިފި

މަސައްކަތްތެރިންގެ އަޑު އުފުލުމަށް މިއަހަރުގެ މަސައްކަތް ތެރިން ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ނުބޭއްވޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަނު(އެމްޓީޔޫ)އިން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން، އިންތިޒާމު ކޮށްފައިވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން ރޭގެ ވަގުތެއްގައި އަންގައިފައިވާ ކަމަށެވެ.

ހިނގާލުން ނުބޭއްވޭނެކަން އެންގި ސަބަބެއް ފުލުހުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

އެމްޓީޔޫއިން އިންތިޒާމުކުރާ ހިނގާލުން ނުބޭއްވޭނެކަން ފުލުހުން އެންގި ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދަން އެ ޔޫނިއަނުން ވަނީ ނިންމައިފައެވެ.

މިއަދުގެ ހިނގާލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަވީރު 4 އިން 6އަށް، ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށެވެ. ހިނގާލުން ނިންމައިލުމަށް ފަހު ކާނިވާ ސަރަހައްދުގައި ރޯދަވީއްލުމެއް ވެސް އޮތީ އިންތިޒާމްކޮށްފައެވެ.

މީގެ ކުރިން ވެސް މޭޑޭ ފާހަގަ ކުރުމަށް މާލޭގައި ބޮޑެތި އެއްވުންތައް ބާއްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް