Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޭޑޭ ހިނގާލުން ބޭއްވުމުގެ ހުއްދަދީފި

މޭޑޭ ހިނގާލުން ބޭއްވުމުގެ ހުއްދަދީފި

ބައިނަލްއަގްވާމީ މަސައްކަތްތެރިކަމުގެ ދުވަހާ ގުޅިގެން، މަސައްކަތްތެރިންނަށް ހައްގު ހޯދައިދިނުމަށް ގޮވައިލާ ބާއްވާ ހިނގާލުމަށް ޖާގަ ނުދޭން ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މޭޑޭގައި ބާއްވަން ރާވައިފައިވާ ރެލީއާ ގުޅޭގޮތުން ފުލުހުންނާ އެކު ބޭއްވުނު ބައްދަލުވުމުގައި، ފުލުހުން ދަންނަވައިފައި ވާނީ ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީއާއި ވަކިން ޚާއްސަކޮށް ރަމަޟާންމަހުގެ ފަހު ދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭކަމަށް ކަމަށެވެ.

ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެ ރެލީ ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށާއި، ޤާނޫނު ނަންބަރު 01/2013، ޞުލްޙަވެރި ކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި ދަންނަވައިފައިވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ވިދާޅުވީ މޭޑޭ ރެލީ ހިންގާ ފަރާތާ އެކު މިއަދު އިތުރަށް ކުރެވުނު މަޝްވަރާތަކަށް ފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދީފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް