Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓީޗަރުންގެ މުސާރަ ބޮޑުވެއްޖެ، މަސައްކަތް ނިމޭއިރު ހުރިހައި ދާއިރާއެއްގެ މުސާރަ ބޮޑުވާނެ: ރައީސް

ޓީޗަރުންގެ މުސާރަ ބޮޑުވެއްޖެ، މަސައްކަތް ނިމޭއިރު ހުރިހައި ދާއިރާއެއްގެ މުސާރަ ބޮޑުވާނެ: ރައީސް

ޓީޗަރުންގެ މުސާރައަށް ގެންނަން ނިންމި ބަދަލަށް ފަހު، ހުރިހައި ދާއިރާއެއްގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޓީޗަރުންގެ މުސާރަ ބޮޑުވިކަން ހާމަކޮށް މިއަދު ދެއްވި ޚިތާބެއްގައެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން ހުރިހާ ދާއިރާއެއްގެ މުވައްޒިފުންގެ މުސާރަ، ކުރާ މަސައްކަތާ އެކަށޭނެ މުސާރައަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ދިރާސާތައް ކުރެވެމުން އަންނަ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މުވައްޒިފުން ކުރާ މުސާރައާ ގުޅޭ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތާލުމަށް ފަށައިފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއަކަށް މުވައްޒިފުންގެ މުސާރައަށް ވެސް އިރާދަ ކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ" ރައީސް ވިދާޅުވީ އިޖުތިމާއީ އަދާލަތު ދެމެހެއްޓުމަށް މިފަދަ ބަދަލުތައް ގެނައުން މުހިންމު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

"ސުއްހަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިސާދީ ފޯރުންތެރިކަމުގެ ލާބަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން."

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތައުލީމީ ދާއިރާއިން ފެށިގެން ސިއްހީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުން ވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ.

އެގޮތުން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ ބުރަ މަސައްކަތް ހަނދާން ނައްތާނުލާކަން ފާހަގަކޮށް ރައީސް ޞާލިހް ވިދާޅުވީ ސަރުކާރުން މިހާރު ފަށައިފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަންނަނީ ދިރާސާކުރަމުން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް