ޚަބަރު

ކަރަންޓު ބިލުގެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޓެލްކޯ ކަރަންޓު ބިލަށް އަރާ ޖުރިމަނާ މާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Hajj Corporation

ސްޓެލްކޯ އިތުރަށް ހަރުދަނާ ކުރުމަށް އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާއި، ކުންފުންޏާއި، ކަސްޓަމަރުންގެ ކުރިއެރުމަށް ގެންގުޅުއްވާ ތަސައްވުރާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ ކަރަންޓު ބިލުގެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހައިތަނަށް ނެތް ކަމަށާއި އެހެންކަމުން މި ފަދަ އުސޫލެއްގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

މިގޮތުން ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މިހައިތަނަށް ހެދިފައި ނެތުމުން އެކަމުގެ ދަތި ރައްޔިތުން އުފުލަން ޖެހޭ ކަމަށާއި އެހެން ކަމުން އެ ފަދަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބިލް ދައްކާ ފަރާތުގެ ބާރުގެ ދަށުގައި ނެތްކަމެއް ނުވަތަ އޭނާއަށް ނޭނގޭ ކަމެއް ދިމާވެދާނެ ކަމަށާއި، އެފަދަ ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާ ނަމަ އެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހިދުމަތްތައް ޒަމާނީ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއްފަހަރު ޚިދުމަތަށް އެދޭ ފަރާތަކުން ދެވަނަ ފަހަރަށް ހިދުމަތަށް އެދޭ ނަމަ ދެވަނަ ފަހަރަށް ފޯމު ފުރުން ފަދަ ތަކުލީފުތައް ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. ަަށވޔަނިބ

    ކޮބާ ފެންބިލު