Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ ބެއިޖިންގައި އިތުރު ފިޔަވަޅުތަކެއް!

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ ބެއިޖިންގައި އިތުރު ފިޔަވަޅުތަކެއް!

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި އަޅައިފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އެތައް މިލިއަން ރައްޔިތުންނެއް އެއް މަހަށް ވުރެ ގިނަ ދުވަސް ވަންދެން ހަރުކަށި ލޮކްޑައުންއެއްގައި އޮތް ޝަންހާއީގައި އިތުރު ހަރުކަށި ފިޔަވަޅެއްގެ ގޮތުން ބުދަ ދުވަހު ވަނީ އެތައް މެޓްރޯ ސްޓޭޝަންތަކާއި ބަސް މަގުތައް ބަންދުކޮށްފައެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ވޫހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19އާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ކުރިއެރުމަށް ހީނަރުކަން އައިސް، އެގައުމުގައި އިންވެސްޓްކޮށްފައިވާ ބައިނަލްއަގުވާމީ ކުންފުނިތަކަށް ގެއްލުންވަމުންދާ ކަމަށް، އެންމެ ފަހުގެ އަންދާޒާތަކާއި ޑޭޓާތަކުން ވަނީ ދައްކައިފައެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19 ދުނިޔޭގައި އެންމެ ހަލުވި މިނުގައި ފެތުރެން ފެށިއިރު ޗައިނާއިން އެޅި ހަރުދަނާ ފިޔަވަޅުތަކުން ކޮވިޑް-19 އެއްކޮށްހެން ކޮންޓްރޯލްވިއެވެ. ނަމަވެސް ފަހަކަށް އައިސް އެހެން ޤަައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލްވި ނަމަވެސް ޗައިނާގައި ކޮވިޑް-19 ހަލުވި ކަމާއެކު ދަނީ ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް