ޚަބަރު

ޝައުނާ ފަޔާއަށް ތާއީދު ކުރުމުން ރައީސް ނަޝީދު ރަތަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި، އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ ތާއީދު ފަޔާއަށް އޮތްކަން ހާމަ ކުރެއްވުމުން، ރައީސް މުޙައްމަދު ނަޝީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ ކަމަށެވެ. އަދި އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުމަށް ރައީސް ނަޝީދު، ޝައުނާ އަރިހުން އެދިވަޑައިގަތެވެ.

މިނިސްޓަރު ޝައުނާގެ ތާއީދު ފަޔާއަށް އޮތްކަން ހާމަކޮށްފައި ވަނީ، މިއަދު ފަޔާގެ ކެންޕެއިން ޓީމުގެ ޓްވިޓަރ ހޭންޑަލް "ހިނގާލަން"އިން އާއްމު ކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ޝައުނާ ވިދާޅުވީ، 2023ވަނަ އަހަރު އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި މި މަސައްކަތް ކުރަން ޖެހޭނީ ޕާޓީއާއެކު ކަމަށެވެ. އަދި މިިކަންކަން ކުރެވޭނީ ފަޔާއަށް ކަމަށް ޤަބޫލު ކުރާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާއަކީ ރައީސް ނަޝީދުގެ ގާތް ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ޝައުނާގެ އިތުރުން، ރައީސް ނަޝީދާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ފަޔާއަށް ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ނަޝީދުގެ ބޮޑުބޭބެ, ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައިވާއިރު، ފިނޭންސް މިނިސްޓަރު އަމީރު ދަނީ ފަޔާގެ ކެންޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ހެލްތް މިނިސްޓަރުގެ ތާއީދު ފަޔާއަށް އޮތްކަން ހާމަ ކުރެއްވި ދުވަހު ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ފާޑު ވިދާޅުވެފައެވެ.

މި މަހު 14ވަނަ ދުވަހު އޮންނަ މި އިންތިޚާބާއެކު އެމްޑީޕީގެ އެތެރެ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ.

Ads by HDC
  1. ސުހައިލު

    ނަސީމަކީ ނަޝީދުގެ ބޮޑުބޭބެއެއް ނޫން. ބޮޑުބޭބެއަށް ވަނީ ކިހިނެއްކަން އެނގޭތަ؟

    • މަންމަ

      ޢެނގޭކަށް ނުޖެހޭ. ސާފުކޮށް އެނގެން މިއޮންންނީ ތިޔަ ނަޝީދަކީ ކާކުކަން. އެކަލޭގެއަށް ސަނާ ނުކިޔަންޏާ އެމީހަކީ ކަމުނުދާ މީހެއް. އެއީ އޭނާ ދަންނަ އިންސާފު.

  2. މިއަދު މަސް އޮތީ ފައްޔާގެ އަތުގައި އިންތި އަތުގައި އެން ހުއްޓަސް މަސްބޭނޭނީ މަސްކާރިޔަށް ދެވިގެންތާ ! ހައްސަ ބޭނެން އޮތީ ފައްޔަ އާއި ގުޅިގެން ވީމާ އޮޑިދާނީ ދީލަމުންތާ!