Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގެއްލުނު ޑައިވަރު ހޯދުމުގެ މަސައްކަތް: ކަނޑު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ

ގެއްލުނު ޑައިވަރު ހޯދުމުގެ މަސައްކަތް: ކަނޑު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ

ފުވައްމުލަކު ނެރާދިމާއިން ބޭރަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑު އަޑިން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކޯސްޓްގާޑުގެ ޑައިވަރުންގެ 4 ޑައިވް ނިންމައިފައިވާ ކަމަށެވެ. އަދި މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަޙައްދުގެ 68 މީޓަރު އަޑީން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ މުޙައްމަދު ސަޢީދު ޑައިވިނަށް ފޭބީ 2022 މެއި 2ވަނަ ދުވަހުގެ 14:30 ހައިއިރުއެވެ. ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Advertisement
Allied — Dhen Online (box)

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ 2022 މެއި 2ވަނަ ދުވަހު 15:36 ހާއިރުއެވެ.

ގެއްލުނު މުޙައްމަދު ސަޢީދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅުއްވައިދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް