Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ފުރަތަމަ ޓްވީޓް: ދިވެއްސަކަށް ވީތީ ފަޚްރުވެރިވަން

ރައީސް ޔާމީންގެ ފުރަތަމަ ޓްވީޓް: ދިވެއްސަކަށް ވީތީ ފަޚްރުވެރިވަން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މީސްމީއާ މަންސަ ޓްވިޓަރ ބޭނުން ކުރައްވަން ފައްޓަވައިފިއެވެ.

މިރޭގެ ވަގުތެއްގައި ރައީސް ޔާމީން ޓްވިޓަރ ބޭނުން ކުރައްވަން ފައްޓަވައިފައި ވަނީ ބިސްމިނުގެ ބަރަކާތުންނެވެ. އެއަށް ފަހު ގައުމީ ދިދަ ހިއްސާ ކުރައްވައި ދިވެއްސަކަށް ވެވަޑައިގެންނެވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއެވެ.

ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން އެ މަނިކުފާނުގެ ނަންފުޅުގައި ފޭންސް އެކައުންޓް ހެއްދެވި ނަމަވެސް، މިއީ ރައީސް ޔާމީންގެ އަމިއްލަ ޓްވިޓަރ އެކައުންޓެއް ބޭނުން ކުރައްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީން ޓްވިޓަރ ބޭނުން ކުރައްވަން ފެއްޓެވިކަން ޕީޕީއެމްއިން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޔާމީންގެ މިވަގުތު ފޮލޯ ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ޓްވިޓަރ ހޭންޑަލް އެކަންޏެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ރައީސް ޔާމީންގެ ހޭންޑަލް ގިނަ ބަޔަކު ވަނީ ފޮލޯކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް