ޚަބަރު

މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ދެނެގަންނަން އާންމުންގެ އެހީއަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ނިޔާވި ދުވަސްވީ މީހަކު، ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ، 2022 މެއި 4ވަނަ ދުވަހުގެ އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދު މަގުމައްޗަށް ވެއްޓިފައި ވަނިކޮށް އައިޖީއެމްއެޗްއަށް ގެންދިޔަ ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށާއި އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

އައިޖީއެމްއެޗްއަށް ގެންދެވިފައިވާ މީހަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާ ލައިގެން ހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަމަށާއި އަދި އެމީހާއަކީ ތުނބުޅިއެއް ހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށައިފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެ ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭފަރާތެއް ވާނަމަ ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!