Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރެސްކިއު ސާރވިސްއަށް މީހުން ތަމްރީންކުރުމަށް އިންޑިއާއިން އެހީވަނީ

ރެސްކިއު ސާރވިސްއަށް މީހުން ތަމްރީންކުރުމަށް އިންޑިއާއިން އެހީވަނީ

މާލޭގައި ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފް. އާރް. އްސް)ގެ ދައުރަށް އެހީތެރިވުމަށް އިންޑިއާއާއި ދިވެހިރާއްޖެއާ އޮންނަ ގުޅުމުގެ ތެރެއިން ހިޔުމެނަޓޭރިއަން އެސިސްޓަންސް ފޯރުކޮށް ދިނުމަށް އިންޑިއާއިން ނިންމައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފް ފޯސް (އެމް.އެން.ޑީ.އެފް)ގެ އެދުމުގެ މަތިން ގިނަ ތަމްރީން ފުރުސަތުތަކެއް އިންޑިއާއިން ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފް. އާރް. އެސް) ދާއިރާގެ އޮފިސަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ ނެޝަނަލް އިންޑަސްޓްރިއަލް ސެކިއުރިޓީ އެކެޑަމީ (އެން.އައި.އެސް.އޭ)އިން ތަމްރީން ފުރުސަތުތަކެއް ވަނީ ދެވިފައިއެވެ. އަދި ފުޅާ ދާއިރާއެއްގައި ސަބް އޮފިސަރ، ޑިވިޝަނަލް އޮފިސަރ، ސްޓޭޝަން އޮފިސަރ، ފަޔަރ ހެޒާޑް، ފަޔަރ ސޭފްޓީ އަދި ރެސްކިއު ކޯސްތަކުގައި 20 އެފް.އާރް.އެސް އޮފިސަރުން ވަނީ ތަމްރީންކުރެވިފައެވެ.

Advertisement
Ooredoo — Square (box)

2022 - 2023ގެ އަހަރަށް އެމެޖެންސީ އަދި ރެސްކިއު ޑްރިލް ކުރިއަށް ގެންދިއުމުގައި، އެފް.އާރް.އެސް ތަމްރީން ދިނުމަށް ތަފާތު ބޭސިކް އަދި އެޑްވާންސް ކޯސްތަކުގެ 27 ތަމްރީން ފުރުސަތު ވަނީ އެމް.އެން.ޑީ.އެފްއަށް ދީފައިއެވެ.

އެގޮތުން، 5 އެމް.އެން.ޑީ.އެފް އޮފިސަރުންގެ ގްރޫޕެއް އެން.އައި.އެސް.އޭ ގައި 9 މެއި 2022އިން 24 ސެޕްޓެމްބަރ 2022އަށް ކުރިއަށް ގެންދާ ސްޓޭޝަން އޮފިސަރ އަދި ޑިވިޝަނަލް އޮފިސަރ ކޯސްތަކުގައި ބައިވެރިވުމަށް ފޮނުވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް