Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވެއްޓިފައި އޮއްވައި ފެނުނީ ހިންނަވަރު މީހެއް، ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން

ވެއްޓިފައި އޮއްވައި ފެނުނީ ހިންނަވަރު މީހެއް، ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން

ރޭ މަގުމަތީގައި އޮއްވައި ފެނިގެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާ ނިޔާވެފަ އިވަނީ ހާޓް އެޓޭކެއް ޖެހިގެންކަން މައުލޫމާތު ލިބިއްޖެއެވެ.

"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވެފައި ވަނީ، ޅ. ހިންނަވަރު، އާރާމްގޭ، މުހައްމަދު އިބްރާހިމެވެ.

އުމުރުން 58 އަހަރުގެ މި މީހާ މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައި ވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދުންނެވެ. އެ މީހާއަކީ ކާކުކަން ފުރަތަމަ ދެނެގަނެވިފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ހާޓް އެޓޭކެއް ޖެހިފައި ވަނީ ހިނގައިފައި ދަނިކޮށެވެ. އެ މަންޒަރު ދައްކައިދޭ ސީސީޓީވީ ފްޓޭޖެއް ލިބިފައިވާ ކަމަށް އާއިލާއާ ހަވާލާދީ ނޫހަކުން ރިޕޯޓްކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް