Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ރައީސް ޔާމީނަށް ފަސްހާހަށް ވުރެ ގިނަ ފޮލޯވަރުން

ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ރައީސް ޔާމީނަށް ފަސްހާހަށް ވުރެ ގިނަ ފޮލޯވަރުން

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޓްވިޓަރ ބޭނުން ކުރައްވަން ފެއްޓެވިތާ 24 ގަޑިއިރު ނުވަނީސް 5،000އަށް ވުރެ ގިނަ މީހުން އެ މަނިކުފާނު ފޮލޯކޮށްފިއެވެ.

ރައީސް ޔާމީން ޓްވިޓަރ ބޭނުން ކުރައްވަން ފައްޓަވައިފައި ވަނީ ރޭގެ ވަގުތެއްގައެވެ. ރޭ އެމަނިކުފާނު ދެ ޓްވީޓެއް ކުރެއްވިއެވެ. ފުރަތަމަ ކުރެއްވީ ބިސްމިނެވެ. އެއަށް ފަހު ޤައުމީ ދިދަ ހިއްސާ ކުރައްވައި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ވާހަކަ ވިދާޅުވިއެވެ.

https://twitter.com/prz_ymn/status/1521857121507180544?s=20&t=vjmDTJiuG2GpJk7bEYJ24A

Advertisement
Ooredoo — Square (box)

ރައީސް ޔާމީންގެ ފުރަތަމަ ޓްވީޓަށް 1،500އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 500އާ ގާތް ކުރާ އަދަދެއްގެ މީހުން އެ ޓްވީޓް ވަނީ ރީޓްވީޓްކޮށްފައެވެ.

މިއީ ރައީސް ޔާމީންގެ އަމިއްލަ ޓްވިޓަރ އެކައުންޓެއް ބޭނުން ކުރައްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީން ޓްވިޓަރ ބޭނުން ކުރައްވަން ފެއްޓުމުން އެ މަނިކުފާނުގެ ސަޕޯޓަރުން ގެންދަވަނީ މަރުޙަބާ ކިޔަމުންނެވެ. ސަޕޯޓަރުން ދެކޭ ގޮތުގައި، މިއީ ރައީސް ޔާމީންގެ މެސެޖްތައް ސަޕޯޓަރުންނާ ހަމައަށް ދޫކޮށްލުމަށް ފަސޭހަ މަގަކަށް ވެގެންދާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް