Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ދަނީ ބަލަމުން: ފުލުހުން

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ދަނީ ބަލަމުން: ފުލުހުން

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ، ރައީސް ޔާމީން އަބްދުލްޤައްޔޫމް "ސައިޒް"ކޮށްލާނެ ކަމަށް ބުނެ މީސްމީޑިއާގައި އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ، މި މައްސަލަ ހުށަހެޅިތާ ތިން ދުވަސް ފަހުންނެވެ.

ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ތިން ދުވަސް ވަންދެން ޖަވާބު ނުދީ، މިއަދު ފުލުހުންގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާއިން ވިދާޅުވީ، ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ޔާމީނަށް އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ބަލައިދޭން މެއި ދެވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށައަޅައިފައިވާ ކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދޭން މެއި ތިންވަނަ ދުވަހު ސިޓީއަކުން ހުށައަޅައިފައިވާ ކަމަށާއި ސިޓީތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައި ވަނީ "މޯލްޑިވްސް ޔޫތު ފޯސް"ގެ ނަމުގައި ޓްވިޓަރގައި ހިންގަމުން އަންނަ ހޭންޑަލްއަކުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް