Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ނަޝީދު އުޅުއްވަނީ ކުޑަވަރެއްގެ ޖަަލެއްގައި: އީވާ

ރައީސް ނަޝީދު އުޅުއްވަނީ ކުޑަވަރެއްގެ ޖަަލެއްގައި: އީވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ ކުޑަވަރެއްގެ ޖަލެއްގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން މިރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުންނެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަން ޖެހެނީ ވަށައިގެން ހައެއްކަ ކާރާ އެކު ކަމަށާއި އަދި ދިރިއުޅުއްވަނީ ޖަލެއްހެން ހީވާ ގެއެއްގައި ކަމަށެވެ. އީވާ ވަނީ ރައީސް ނަޝީދު ޖަލަކަށް ލައިގެން އުޅުމަކީ ބަޔަކު ބޭނުންވާ ގޮތްތޯ ސުވާލުކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

އީވާ ވިދާޅުވީ ރައީސް ނަޝީދު އެހެން އުޅުއްވަން ޖެހުމަކީ އިންސާފެއް ނޫން ކަމަށާއި މި ހަމަލާގެ ފަހަތުގައި ތިބި އެންމެން ނުހޯދޭ ނަމަ ރައީސް ނަޝީދަށް އޮތް ނުރައްކާ ވެސް ފިލައިގެން ނުދާނެކަމަށް އީވާ ވިދާޅުވިއެވެ.

"ރައީސް ނަޝީދު ކުޑަވަރެއްގެ ޖަލަކަށް ލައިގެން ގެންގުޅުން އެއީ ބަޔަކު ބޭނުންވާ ގޮތްތޯ. އެހެން ނޫން ނަމަ ފުލުހުންނަށް ވެސް ބާރު އަޅާނެ މިއަށް ވުރެ ރަނގަޅަށް މިކަން ކުރަން. މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރަން" އީވާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވެގެންދިޔަ އިރު އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް އަދިވެސް ހެދިފައި ނުވާކަމަށާއި އިންސާފު ގާއިމްވެފައި ނުވާ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް