Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

21މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި

21މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ އެތަކެތި އަތުލައިގަތީ މި މަހުގެ ތިންވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ. އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައި ކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ. ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް