Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

‘’ސީޕީ ހަމީދު ޖެހޭނީ ދިގު މުއްދަތަކަށް ޖަލަށްދާން’’

‘’ސީޕީ ހަމީދު ޖެހޭނީ ދިގު މުއްދަތަކަށް ޖަލަށްދާން’’
އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނާއި މުޒާހަރާތައް ހުއްޓުވަނީ ޣައިރު ޤާނޫނީކޮށް ކަމަށާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޙަމީދު ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހިދާނެކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މާލެ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން މަގުމައްޗަށް ނިކުތުމުން، ފުލުހުންނަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ. "ފުލުހުން ހިންގަމުންދަނީ ޣައިރު ޤާނޫނީ އަމަލުތަކެއް. އަޅުގަނޑުމެން ސަރުކާރަށް އަޑު އިއްވަން މަގުމައްޗަށް ނިކުތީމަ ހައްޔަރެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ މުޒާހަރާ ހުއްޓުވިގެން ނުވާނެ" ރައީސް ޔާމީން ވިދާޅުވީ، ފުލުުހުން މަގުމައްޗަށް ނެރެނީ މި ސަރުކާރު ދަމަހައްޓަން އޮތް ހަމައެކަނި ގޮތަކީ އެއީކަމަށް ވުމުން ކަމަށެވެ. އަދި މިކަން މިގޮތަށް އޮތް ނަމަވެސް، ހާލަތު ބަދަލުވާނެ ކަމަށާއި މިވަގުތު ފުލުހުންގެ ކޮމާންޑްގައި ހުންންނެވި ހަމީދު ޖަލަށް ދާން ޖެހިދާނެކަމަށް ވިދާޅުވިއެވެ.
"ހާލަތު ބަދަލުވާނެ އިރާދަ ކުރެއްވިއްޔާ. ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެޔަށްދާން. ނޫނިއްޔާ ދިގު މުއްދަތެއް ޖެހޭނީ ޖަލުގައި ހޭދަކުރަން. ފުލުހުންގެ ތެރޭގައި ވެސް ގިނަ ދުވަސްވީ މީހުންނެއް، އަޅުގަނޑުމެންނާ ކުރިމަތިލާން ނިކުންނާކަށް ބޭނުމެއް ނުވޭ. ފުލުހުންގެ ތެރެއަށް އަލަށް ރެކްރޫޓް ކުރި ކުދިން ކޮޅެއް ނެރެގެން އަޅުގަނޑުމެންގެ ކަނބަލުން ތަޅާ ސުންނާފަތި އެ ކުރަނީ. އެއްފަހަރު ވެސް އެމީހުންގެ ހިތަކަށް ނާރާ، މިއީ ދިވެހި ލޭ ހިނގާ ތިމަންމެންގެ އުޚްތުންތަކަކަށް ކަމަށް އަޅުގަނޑުމެން މި ހަމަލާދެނީ. އެއީ އެ މީހުންގެ ފެންވަރު ހުރި މިންވަރަކީ"
ރައީސް ޔާމީންގެ ވާހަކަފުޅުގައި، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މިގޮތުން ވިދާޅުވީ، އެމްޑީޕީ ކޮންމެ ފަހަރަކު ވެރިކަމަށް އަންނާނީ ފިސާރި ރީތި ވާހަކަ ދައްކަމުން ކަމަށާއި އެކަމަކު ދައްކާ ހުރިހައި ވާހަކައަކުން ފެއިލްވާނެ ކަމަށެވެ. އަދި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސްއަޅާކަން ފާހަގަ ކުރައްވައި ފާޑު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް