Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޔުމްނާ ރައީސް ޔާމީނަށް: ކުރިން މީހުން ޖަލަށް ލެވުނުވަރު މަދީތޯ؟

ޔުމްނާ ރައީސް ޔާމީނަށް: ކުރިން މީހުން ޖަލަށް ލެވުނުވަރު މަދީތޯ؟

ވެރިކަމުގައި ހުންނެވިއިރު ޖަލަށް ލެވުުނު މީހުންގެ އަދަދު މަދީތޯ ވިދާޅުވެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން އެ ކަމަނާގެ ބޮޑުބޭބޭފުޅު އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ރައްދު ދެއްވައިފިއެވެ.

ޔުމްނާ މިފަދައިން ވިދާޅުވީ އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނާއި މުޒާހަރާތައް ހުއްޓުވަނީ ޣައިރު ޤާނޫނީކޮށް ކަމަށާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޙަމީދު ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހިދާނެކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

މާލެ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން މަގުމައްޗަށް ނިކުތުމުން، ފުލުހުންނަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް ޔާމީންގެ މިވާހަކަތަކާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީނަށް އަމާޒުކޮށް ދެ ސުވާލެއް ވަނީ ކުރައްވައިފައެވެ.

"ޖަލުތައް ބޮޑުކޮށް ހުރިހައި ރައްޔިތުން ޖަލަށްލާނީ ދެއްތޯ? ކުރީގައި ޖަލަށް ލެވުނުވަރު މަދީ ދެއްތޯ?" ޔުމްނާ އެއްސެވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް