ޚަބަރު

އީދު ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތޫނު އެއްޗެހި ބޭނުންކޮށްގެން މާލޭގައި އީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހިންގި ފުލުހުން ހޯދަން އިއުލާންކުރި ހަތް މީހުންގެ ތެރެއިން އިތުރު މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ގއ. ގެމަނަފުށީ ކެނެރީގޭ އަހުމަދު ނާޒިހު، 27، ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ގްރޫޕް ހަދައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން ވަނީ ފޮޓޯއާއި ވަނަވަރު ހާމަކޮށްފައެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ ކ. މާލެ/ ދަފްތަރު ނަންބަރު  ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)، ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)، ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)، ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)، ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)އެވެ.

މީގެ ތެރެއިން މިހާރު ހައްޔަރުކޮށްފައި ވަނީ އަހުމަދު ޝިމްހާޒުއާއި ލޫތު އަހުމަދު އާސިފް އަދި އަހުމަދު ނާޒިހުއެވެެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!