Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވޯލްޑް ކަޕް މެޗެއް ބަލައިލުމުގެ ފުރުސަތު ރައީސް ޞާލިޙަށް

ވޯލްޑް ކަޕް މެޗެއް ބަލައިލުމުގެ ފުރުސަތު ރައީސް ޞާލިޙަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ އުރީދޫއިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ ވަރލްޑްކަޕްގެ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުއްވައިފައެވެ. އަދި ވަރލްޑްކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅައެއް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް