ވިޔަފާރި

ވިޔަފާރީގެ ތަޖުރިބާ ހޯދަން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުސަތެއް ސީޝާގެ ލާމު ފިހާރައިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލ. އަތޮޅުގައި ހުންނަ ސީޝާގެ ޝޯ ރޫމް-- ފޮޓޯ: ޝީޝާ

ހޮންޑާ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒް ކުންފުނި ޝީޝާގެ ލ.ގަމުގައި ހުންނަ އައުޓްލެޓަށް މުވައްޒިފުން ހޯދަން އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

ޝީޝާގެ ގަމު ފިހާރައަށް އެ ކުންފުނިން މުވައްޒަފުން ހޯދަމުން ދަނީ ސޭލްސް ރިޕްރެޒެންޓޭޓިވް (9،000 ރުފިޔާ މުސާރަ) ، އަދި ސޭލްސް އެކްޒެކެޓިވް(11،000 ރުފިޔާ މުސާރަ) ގެ މަޤާމަށެވެ.

ސޭލްސް އެގްޒެކެޓިވްއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ބެޗްލާސް ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން އެއް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ. އަދި ސޭލްސް ރިޕްރެޒެންޓޭޓިވްއަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކަކީ، އޭ ލެވެލް ދެ މާއްދާއިން އޭ ގްރޭޑް ނުވަތަ އޯ ލެވެލް ހަތަރު މާއްދާއިން ފާސްވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން އެއް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.

އިއުލާން ކޮށްފައިވާ ވަޒީފާތަކަށް މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސަރޓިފިކެޓް އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލާނެއެވެ. އަދި ކުންފުނީގެ ޕޮލިސީގެ ތެރެއިން ކޮންމެ އަހަރަކު ކުރިއެރުންދީ، މުސާރަ ބޮޑުވާނެއެވެ. މީގެ އިތުރުން ސީޝާގެ މުވައްޒިފުންނަށް ދޭ ސްޓާފް ޑިސްކައުންޓާއި ހެލްތް އިންޝްއަރެންސް ދޭނެއެވެ.

މި ދެ މަޤާމަށް ކުރިމަތި ލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21ވަނަ ދުވަހުގެ ކުރިން، ވަޒީފާގެ އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހުއެ  ކުންފުނީގެ މެއިލް ފޮނުވުމަށް އެ ކުންފުނިން އެދިލައްވައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 9167697 އަށް ގުޅުއްވުމަށް ސީޝާއިން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!