Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަސްޓަމްސްގެ މުވައްޒިފުން އިންޑިއާއަށް ކުރި ތަޖުރިބާ ދަތުރު ނިންމާލައިފި

ކަސްޓަމްސްގެ މުވައްޒިފުން އިންޑިއާއަށް ކުރި ތަޖުރިބާ ދަތުރު ނިންމާލައިފި
ކަސްޓަމްސްގެ ސުޕަވައިޒަރީ ލެވެލްގެ 20 އޮފިސަރުންނަށް މެއި މަހުގެ 9- 13އަށް އިންޑިއާގެ މުމްބާއީގައި ހުންނަ އެން.އޭ.ސީ.އައި.އެން ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރު ނިންމާލައިފިއެވެ. މިއީ ކަސްޓަމްސްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް ޖޫން 2019ގައި އިންޑިއާއާއި ރާއްޖެއާ ދެމެދުގައި ސޮއި ކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކުރި ދަތުރެކެވެ. މި ދަތުރުގައި ރާއްޖޭގެ ކަސްޓަމްސްގެ މުވައްޒިފުންވަނީ އިންޑިއާގެ އެއަރ ކާގޯ ކޮމްޕްލެކްސްއަށް ޒިޔާރަތްކޮށް، ކަސްޓަމް ކްލިއަރެންސް އެތަނުގައި ހިނގާ ގޮތް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ކަސްޓަމް އޮފީހުގެ ހެޑް ކުއާޓަރއަށް ޒިޔާރަތް ކުރިއިރު، ބައެއް މައުލޫމު ދިނުމުގެ ސެޝަންތަކުގައި ވަނީ ބައިވެރިވެ ލައްވާފައެވެ. https://twitter.com/nacincbic/status/1524057541054918661?s=21&t=c_A3YDutpcmAOzJ8cB08wQ
ކަސްޓާމްސްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު  އެމް.އޯ.ޔޫގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިޝަލުންގެ އެކި ބެޗްތައް އިންޑިއާގެ  ސެންޓްރަލް ބޯރޑް އޮފް އިންޑައިރެކްޓް ޓެކްސް އަދި ކަސްޓަމްސް(ސީ.ބީ.އައި.ސީ)ގެ ދަށުން ނެޝަނަލް  އެކަޑަމީ އޮފް ކަސްޓަމްްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސްގައި ތަމްރީން ދެވިގެންދާނެއެވެ.  މިހައިތަނަށް ކަސްޓަމްސްގެ 80 އޮފިޝަލުން ވަނީ އިންޑިއާގައި ތަމްރީންކުރެވިފައެވެ. މި ތަމްރީނުތައް ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ހިންގައިފައި ވަނީ އޮންލައިންކޮށެވެ. 2022 އަދި 2023ވަނަ އަހަރަށް "ކާގޯ ޕްރޮފައިލިންގް އަދި ރިސްކް މެނޭޖްމަންޓް"، "ކަސްޓަމްސް އިންޑަކްޝަން ޓްރެއިނިންގް ޕްރޮގްރާމް" ، "އިންޓެލިޖެންސް އިންފޯރމޭޝަން އެންޑް އިންވެސްޓިގޭޝަން" އަދި "ޑްރަގް ލޯ އެންފޯރސްމެންޓް" ފަދަ ދާއިރާތަކުން ޚާއްޞަ ދަތުރުތަކާއި ތަމްރީންތަކުގެ ޕްރޮގްރާމްތައް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްތަކުގެ ދަށުން 120 އޮފިސަރުން ތަމްރީން ކުރެވޭނެއެވެ،

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް