Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދަކާ އެއްވެސް މަޝްވަރާއެއް ނުކުރަން: ރައީސް ޞާލިޙް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދަކާ އެއްވެސް މަޝްވަރާއެއް ނުކުރަން: ރައީސް ޞާލިޙް

ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދޮގު ކުރައްވައިފިއެވެ.

ދިވެހި ޗެނަލްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިޙް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަމުގެ ޝައުޤުވެރިކަން ފާޅު ކުރައްވައިފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ސަންގު ޓީވީއަށް ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޞާލިޙާ ގުޅޭ ގޮތުން ރައީސް ނަޝީދު ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމަށެވެ. އަދި އިންތިޚާބާ ގުޅޭ ގޮތުން ރައީސް ނަޝީދާ މަޝްވަރާ ނުކުރައްވާ ކަމަށާއި ޕްރައިމަރީގައި ނުވަތަ އިންތިޚާބުގައި ވާދަ ނުކުރަން ނިންމަވައިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުޤުވެރިކަން އޮތް ގާތް މި ދެ ބޭފުޅުންގެ ގުޅުން މިހައިރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް