Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އަންގައިފި

އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އަންގައިފި

އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވާން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯމް (އެމްއެންޑީއެފް)އިން އަންގަވައިފިއެވެ.

އެމްއެންޑީފެފްއިން ވިދާޅުވީ، މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް އުޅަނދެއްގެ ބައެއް އޮޔާދާތީވެ، އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާޞްކުރާ ކަމަށެވެ.

ޚާއްޞަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ އިރު، އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައި ވަނީ މިއަދު 14:24 ހައިއިރުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް